ads
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ސަރުކާރުގެ ކާމިޔާބީތައް ކިޔާދެއްވަނީ
6 މަސް ތެރޭ 15 ރަށެއްގައި ސީޓީ ސްކޭން ހިދުމަތް ފަށާނަން: ރައީސް
ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ކާމިޔާބީތައް ކިޔާދެއްވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާއިން މި ދެ އަހަރު ކުރި އެރުންތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން މާލޭ ހޮސްޕިޓަލްތަކަށް މުވައްޒަފުން ހޯދާ ގިނަ ހިދުމަތްތަކެއް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ސިއްހީ ދައިރާއަށް ގެންނަ ބަދަލުތަކުގެ ވާހަކަ ރޭ ގެ ރަސްމިއްޔާތުގައި ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ފަށާނެކަމަށެވެ. އަދި ހަމަ އެ މުއްދަތުގައި ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތްވެސް ފަށާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނު އެއީ ކޮންކޮން ރަށްރަކެއްކަމެއް ރެއަކު ވިދާޅެއް ނުވެެއެވެ. 

" މިހާރު އަޅުގަނޑުމެން މަސައްކަތް ފަށާފައި މިވަނީ ވަރަށް އަވަހަށް ތަކެތި އޯޑަރު ކުރެވިގެން، ސީޓީ ސްކޭންގެ ހިދުމަތް، އިމާރާތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ގާއިމު ކުރުމަށް 15 ރަށެއް އެންމެ ފެންވަރު ރަނގަޅުކޮށް، 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ގާއިމު ކުރުމުގެ މަސައްކަތް، އެހެންވީމާ ހަމަޖެހިގެންދާނެ، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި 15 ރަށެއްގައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ސިއްހީ ދާއިރާއަށް ވަނީ 831 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. މި އަދަދާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މުހިއްމު މަޝްރޫއުތަކުގެ މަސައްކަތް ނިމިގެންދިއުމުން ވަރަށް މަދުން ނޫނީ ރާއްޖެއިން ބޭރަށް ދިވެހިން ބޭސް ފަރުވާއަށް ދާން ނުޖެހޭނެކަމަށެވެ. 

"ކުރިއަށް އޮންނަ އަހަރަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ބަޖެޓުން ވަރަށް ގިނަ ހިދުމަތްތައް، ސްޕެޝަލިޓީގެ ހިދުމަތްތައް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގާއިމުކުރުމަށްވަނީ ހިމެނިފައި. އެކަންކަން ނިމިގެންދާއިރުގައި ދިވެހި ރައްޔިތުން ވަރަށް މަދުކަމެއްގައި ނޫނީ، ރާއްޖެއިން ބޭރަށް ހިދުމަތް ހޯދާކަށް ދާކަށް ނުޖެހޭނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތަށް ލަފާކުރާ ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް