ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭ މާސްޓާ ޕްލޭނާއި އެއްގޮތަށް "ހުޅުމާލޭ ފޭސް 3" ހިއްކަންޖެހޭ ސަރަހައްދުތައް ހިއްކުން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެކޯޕަރޭޝަނުން ކުރަމުން އަންނަކަމަށެވެ. އެގޮތުން ހުޅުމާލެ ފަޅުތެރޭގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ނެގުމަށް އެކިފަހަރުމަތިން އާއްމުކޮށް އަންގައި އިއުލާނު ކުރެވިފައިވާކަމަށެވެ.
އެގޮތުން ހުޅުމާލޭ ފަޅުތެރޭގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި އަޅާފައިވާ އުޅަނދުތައް ތިލަފުށި، ގުޅީފަޅު، އަދި ކުޑަގިރިން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީ އެކަންވެސް އިއުލާންކޮށްފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އެހެންނަމަވެސް ހުޅުމާލެ ފަޅުތެރޭގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއް ދެވިފައިވާ މުއްދަތުގައި ނަގާފައިނުވާތީ އެ ކޯޕަރޭޝަނުން ވަނީ އެ އުޅަނދުތައް ނެގުމަށް ފަހު ފުރުސަތު ދީފައެވެ. އެގޮތުން މިމަހުގެ 22 ވަނަދުވަހުގެ 15:30 ގެ ކުރިން އެ އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
ޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދާކަމަށް ސަރުކަރުން ވަނީ ބުނެފައެވެ. އެގޮތުން، މިހާތަނަށް އެ މަޝްރޫއުގެ ދަށުން ހިކަންޖެހޭ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 24 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް ވަނީ ބުނެފައެވެ.