ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ޝަހީދު އަލީ ސްކޫލް
"ޝަހީދު އަލީ" ސްކޫލް އަންނަ ދިރާސީ އަހަރަށް ހުޅުވަނީ
ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ "ޝަހީދު އަލީ" ސްކޫލުގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި، އަންނަ ދިރާސީ އަހަރަށް އެ ސްކޫލް ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
Advertisement

މި ސްކޫލަކީ މި ސަރުކާރުން ބިންގާ އަޅައި، ތަރައްގީކުރަން ފެށި ފުރަތަމަ ސްކޫލް މަޝްރޫއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލް އިމާރާތުގެ 94 ޕަސަންޓު މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. ޖުމްލަ 1500 ދަރިވަރުންގެ ޖާގައިގެ މި ސްކޫލުން، މިހާތަނަށް 900 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތްކުރާ މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ޓާފް ދަނޑެއް ވެސް ހިމެނޭނެއެވެ.

ސްކޫލް ހުޅުވުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ތައްޔާރީތައް ވެސް މިހާރު ވަނީ ފަށާފައެވެ. މިގޮތުން ސްކޫލަށް ޕްރިންސިޕަލެއް ކަނޑައެޅުމާއި، ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޖެނަވަރީ 27 ގައި ފަށާ އާ ދިރާސީ އަހަރާ އެކު މި ސްކޫލްގައި ކިޔަވައިދޭން ފަށާނެއެވެ. މީގެ އިތުރުން، މާލޭގައި އިމާރާތްކުރާ އަރަބިއްޔާ ސްކޫލުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށާއި، 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް އެ ސްކޫލް ހުޅުވޭވަރު ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް