މި ޝޯގެ ތީމެއްގެ ގޮތުގައި ޖައްވު ބޭނުންކޮށްފައިވާއިރު، މިއީ ޝެނެލްގެ ތާރީހުގައި އާ ސަފުހާއެއް ފެށިގެން ދިޔަ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ބްލޭޒީގެ މި ފުރަތަމަ ކަލެކްޝަނަކީ ޝެނެލްގެ ދިގު ތާރީހުގެ ތަރިކަ އާއި މުސްތަގުބަލު ގުޅުވާލާފައިވާ ފަރުމާތަކެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، ބްރޭންޑުގެ ކްލެސިކް ސްޓައިލްތަކަށް ު އަދި ފިއުޗަރިސްޓިކް އަސަރުތައް ގެނެސްފައިވެއެވެ. މިއީ ބްލޭޒީގެ ލީޑާޝިޕުގެ ދަށުން ޝެނެލްއަށް އާ ވިސްނުމަކާއި އާ ދިރުމެއް ގެނެސްދޭނެ ކަމުގެ އުންމީދު އާކޮށްދިން ކަމެކެވެ.
ޕެރިހުގައި ބޭއްވި މި ޝޯއަކީ ހަމައެކަނި ހެދުންތަކެއް ދައްކާލި ޝޯއެއް ނޫނެވެ. އެއީ ޝެނެލްގެ ކުރިމަގުގެ މިސްރާބު ކަނޑައަޅައި، ފެޝަން އިންޑަސްޓްރީއަށް އާ އުންމީދުތަކެއް ގެނެސްދިން ހާދިސާއެކެވެ.
ޖައްވީ ތީމަކަށް ބިނާކޮށްފައިވާ މި ކަލެކްޝަނާއެކު، ބްލޭޒީގެ ކުރިމަގުގެ މަސައްކަތްތަކަށް މުޅި ދުނިޔެ ދަނީ އިންތިޒާރު ކުރަމުންނެވެ.