ސަން ފްރަންޓަށް ނަގައިދީފައިވާ ބަދަލާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ތައްޔާރު ކުރި ހާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުގައި ދައުލަތުން ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް، ހިސާބުތަކަށް ބަލާއިރު އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 10.7 މިލިއަން ރުފިޔާއެވެ.
ސަން ފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ހުކުމްކުރީ މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ގަތުމަށް އެ ކުންފުނިން 2010 ވަނަ އަހަރު ސަރުކާރަށް ފައިސާ ދެއްކުމުން ބިން ހަވާލު ނުކޮށް އަދި ފައިސާ އަނބުރާ ހަވާލު ނުކުރި މައްސަލާގަ އެވެ.
އެ މައްސަލާގައި، އެ ބިން ގަތުމަށް ދެއްކި 26.9 މިލިއަން ރުފިޔާ އަނބުރާ އެ ދައްކަން 2014 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކޮށް، އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް އޭރު އޮތީ ހުކުމްކޮށްފަ އެވެ.
މި މައްސަލަ ދައުލަތުން މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.