އެ ހޯލުގައި ރޯވިއިރު، އެ ސަމިޓަށް ދިޔަ ދިވެހޮ ވަފްދުގެ ބަޔަކު ހޯލުގައި ތިއްބެވެ. އެކަމަކު، ހުރިހާ ދިވެހިން އެ ހޯލުން މިހާރު ވަނީ ނުކުމެފަ އެވެ.
މި ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާކަން ވަނީ އެނގިފަ އެވެ.
އަލިފާން ރޯވީ އިއްޔެ މެންދުރު 14:05 ހާއިރު ކޮޕް30 ގެ ސަމިޓް ކުރިއަށްގެންދާ ތަނުގެ ތެރޭގައި ހުންނަ ޕެވިލިއަން ކައިރީގައެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓްރޭޑް ޝޯ ފަދަ ޑިސްޕްލޭތައް ބާއްވައި، ޒިޔާރަތް ކުރާ މީހުންނަށް ކޮފީ ދޭ ސަރަހައްދެވެ.
މިފަހަރުގެ ކޮޕް ސަމިޓ ފެށުނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.