ads
މަމްދާނީ އާއި ޓްރަމްޕް
ބައްދަލުވުމަށް ފަހު ޓްރަމްޕްގެ ތައުރީފް މަމްދާނީއަށް
ނިއުޔޯކްގެ މޭޔަރުކަމަށް ހޮވިވަޑައިގެން ޒަހްރާން މަމްދާނީ އަށް ޓަރަމްޕް ވަނީ ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައި އެވެ.
Advertisement

ނަމަވެސް މަމްދާނީ އާއި އެކު އޯވަލް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕް މިވަނީ އޭނާގެ ރާގު ބަދަލުކުރައްވާ މަމްދާނީ އަށް ތައުރީފް ކުރައްވާފައި އެވެ. 

މިވީ ގޮތަކާއި މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައި އެވެ. 

މި ބައްދަލުވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ މި ބައްދަލުވުމަކީ ވަރަށް ފުރިހަމަ، ކާމިޔާބު އަދި އުފާވެރި ބައްދަލުވުމެއް ކަމުގައި އެވެ.

މޭޔަރު ކަމުގެ އިންތިހާބުގެ ތެރެއިން ޓްރަމްޕް ވަނީ އެމެރިކާއަށް ހިޖުރަކުރި ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީ އަކީ "ޖިހާދީ ފިކުރު" ގެ ބޭފުޅެއް ކަމަށާއި އޭނާގެ ރަށްވެހިކަން ވެސް އަތުލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. 

މަމްދާނީގެ އާދަޔާ ހިލާފް ކާމިޔާބީއަށް ފަހު އެމެރިކާއަށް ކުރި މަގު ވަރަށް ބިރުވެރިކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ.

ނަމަވެސް މި ބޭއްވުނު ބައްދަލުވުމަށްފަހު ޓްރަމްޕް ވަނީ އޭނާގެ ވާހަކަތައް ބަދަލުކުރައްވާ މަމްދާނީ އަށް ތައުރީފު އޮއްސަން ފަށާފައި އެވެ.

ޓްރަމްޕް ވިދާޅުވީ ދެ ބޭފުޅުން ބޭނުން ފުޅުވަނީ އެއްކަމެއް ކަމަށާއި އެއީ ނިއުޔޯކް އިތުރަށް ތަރައްގީކޮށް ރައްކާތެރި އަދި އެމެރިކާގެ އެންމެ ރަނގަޅު ސިޓީކަމުގައި ނިއުޔޯކް ހެދުން ކަމުގަ އެވެ.

މަމްދާނީ ވިދާޅުވީ އިންތިހާބުގެ ކެމްޕެއިންގައި އަސާސީ ހިދުމަތްތަކާއި މުދަލާއި ކުލި ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ވެފައިވާ ވައުދާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިގެން ދިޔަ ކަމުގައި އެވެ.

މޭޔަރުކަމުގެ ކެމްޕޭނުގެ ތެރެއިން ޓްރަމްޕް ވަނީ މަމްދާނީ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ ނިއުޔޯކް އަށް ސަރުކާރުންދޭ ފައިސާގެ އަދަދު އިންތިހާއަށް ކުޑަކޮށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދެއްވާފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް