ads
އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު - ފޮޓޯ: ރައީސް އޮފީސް
އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށައިފި
އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ގާއިމުކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގައި މިއަދު ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

އާބަން ޕްރައިމަރީ ހެލްތު ކެެއާ ސެންޓަރުތައް ގާއިމް ކުރަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާވާނެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

މި ސެންޓަރު ހުޅުވައި ދެއްވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ސެންޓަރުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށް ގެންދާނެ އެވެ. 

އެގޮތުން ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓާކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ އެވެ. ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ހިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ.

ބަލިޖެހުމުގެ ކުރިން ބަލިތަކުން ދިފާއުވުމަކީ ރައީސް މުއިއްޒުގެ ސިއްހީ ސިޔާސަތުގެ މުހިއްމު ބަހާ އެކެވެ. އެހެންވެ މިފަދަ އިތުރު ފަސް ސެންޓަރު މާލެ ސަރަހައްދުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި ދެ ސެންޓަރު ތަރައްގީ ކުރާނެ އެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދީފައިވާ ދާއިރާއަކީވެސް ސިއްހީ ދާއިރާ އެވެ.

your imageއާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ހުޅުވުމަށް ފަހު ރައީސް އެތަން ބައްލަވާލައްވަނީ - ފޮޓޯ/ރައީސް އޮފީސް

އައިޖީއެމްއެޗުން ބުނި ގޮތުގައި މި ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާއުވުމަކީ މި ސަރުކާރުގެ ސިއްހީ ސިޔާސަތުގެ މުހިންމު ބަޔެކެވެ.

  • މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަހައްދުގައިގާއިމް ކުރާނެ

  • އެއީ މާލޭގައި 3 ސެންޓަރު އަދު ހުޅުމާލޭގައި 2 ސެންޓަރު

ސިއްހީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސް ހާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ސިއްހީ ދާއިރާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް