ads
ދަރަވަންދޫ---
ލޮކްޑައުންގައި ދަރަވަންދޫއަށް ކެނޯއެއްގަ ދިޔަ މިހާގެ ބަންދަށް 15 ދުވަސް
ލޮކްޑައުންގައި ދަރަވަންދޫއަށް ކެނޯއެއްގަ ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން މާޅޮހު މެޖިސްޓްރޭޓް ކޯޓުން ވަނީ އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައި ކަމަށެވެ.

މާޅޮސްގެ ޓާސްކު ފޯސްގެ ހުއްދަނެތި ދަރަވަންދޫއަށް އެރި މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު އޭނާ ހައްޔަރުކުރީ ރޭ 00:26 ހާއިރު އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ކެނޯއެއްގައި ދަރަވަންދޫއަށް އެރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ރަށްރަށަށް އަރައި ފޭބުން މަނާކޮށްފައި އޮއްވާ ބައެއް މީހުން ދަނީ ގަވައިދާ ހިލާފަށް އެކި ރަށްރަށަށް އަރަމުންނެވެ. އެގޮތުން ނ. މާފަރުގައި އަރައި ފޭބުން މަނާކޮށްފައި އޮއްވާ މަސްދަތުރު ދިޔަ ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.

މިލަދޫއިން މީހުން ފުރުން މަނާ ކޮށްފައި އޮއްވާ އެ ރަށުން ފުރި ހަތަރު މީހުންވެސް ފުލުހުން ހައްޔަރުކޮށްފައިވާއިރު ށ. ބިލެއްފަހި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނިކޮށް ފޭދޫން ކުޑަ ޑިންގީއެއްގައި އެރަށަށް ދިޔަ ތިން މީހެއްގެ އިތުރުން ނ. މަނަދޫ އިން ލަންދޫއަށް ދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް