މި ޕްރޮމޯޝަންގެ ދަށުން މާދަމާ ހުޅުމާލޭގައި ހުންނަ ކޮފީ ބީން އެންޑް ޓީ ލީފް ރެސްޓޯރެންޓުން ވިއްކާ ހާއްސަ ބުއިންތަކެއް އެންމެ ރުފިޔާ އަކަށް ލިބޭނެ ކަމަށް ދިރާގުން ބުނި އެވެ.
މި ޕްރޮމޯޝަންގައި ދިރާގު ޕޭގައި އަލަށް ބައިވެރިވާ ފަރާތަކަށް ބައިވެރިވެވޭ އިރު އެއް ރުފިޔާ އަށް ލިބޭނީ އެ ރެސްޓޯރެންޓުން ވިއްކާ 12 އައުންސްގެ ޑްރިންކްސްތައް އެކަނި ކަމަށް ދިރާގުން ބުނެ އެވެ.
އެމެރިކާގެ ރެސްޓޯރެންޓެއް ކަމަށްވާ ކޮފީ ބީންސް އެންޑް ޓީ ލީފްގެ ޗެއިން ރާއްޖޭގައި ހުޅުވާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
ކޮފީބީން އެންޑް ޓީ ލީފް މާލެ އައުޓްލެޓްގެ އެތެރެ
ހުޅުމާލެ ފޭސް 1ގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގައި ޕްރީމިއަމް އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ވައްތަރުތަކުގެ ކޮފީ އާއި ސައިގެ ބުއިންތައް ހުރެ އެވެ.