ads
ބާޒާރުމަތި---
ފުރާޅުން ޓިނު ނަގައިގެން ވައްކަންކޮށްފި
ބާޒާރުމަތީ ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވައްކަން ކޮށްފި އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރާޅުން ޓިނު ނަގައިގެން ވައްކަންކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ، ބާޒާރު ޓްރޭޑިން ފިހާރަ ނުވަތަ އ. އަތޮޅު ފިހާރައިންނެވެ. 

މި ވައްކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އއ. މަތިވެރީ އިރަމާގޭ، އާދަމް ޝަރީފްވަނީ ހައްޔަރުކޮށްފައެވެ. 

އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ، ވައްކަމާއި މުދަލަށް ގެއްލުން ދިނުން އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ. ހައްޔަރުކޮށްގެން، އޭނާ ކޯޓަށް ހާޒިރުކޮށް 10 ދުވަހަށްވަނީ މިހާރު ބަންދު ޖަހައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް