ads
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ:ރައީސް އޮފީސް
ކުރީގެ ނައިބު ރައީސުންގެ އިނާޔަތް: ޝަރުތު ހަމަވަނީ ހަމައެކަނި ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސުންނަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން ދިނުމަށް ގާނޫނަށް ހުށަހެޅި އިސްލާހާއެކު، އެ އިނާޔަތް ލިބިވަޑައިގަންނަވާ ހަމައެކަނި ބޭފުޅަކަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެވަޑައިގެންފިއެވެ.
Advertisement

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގައި ނައިބު ރައީސުންގެ އިނާޔަތް ލިބޭނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަކޮށްފައިވާނަމަ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ޝަރުތު ހަމަވާ ކުރީގެ ނައިބު ރައީސުންނަށް މަހަކު 25،000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުން ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ބިލުގައި ހިމެނެއެވެ. 

ނަމަވެސް ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވައިފައި ނުވާތީ ކުރީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ވަހީދާއި، މުހައްމަދު ވަހީދުއްދީނާއި، ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، އަހުމަދު އަދީބުގެ އިތުރުން އަބްދުﷲ ޖިހާދަށް މި އިނާޔަތްތައް ލިބިވަޑައެއް ނުގަންނަވާނެއެވެ.

މި އިސްލާހުގައި ނައިބު ރައީސުންނަށް އިނާޔަތް ހަމަޖައްސަން ހުށަހަޅާފައިވާއިރު، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ބަޖެޓުން ދެމުން އަންނަ 175،000 ރުފިޔާގެ ފައިސާގެ އިނާޔަތް ކަނޑައިލުމަށް ވެސް ވަނީ ހިމަނައިފައެވެ. އަދި ކުރީގެ ރައީސުންނެކޭ އެއްފަދައިން، ނައިބު ރައީސްކަން ކުރައްވައިފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ އެ ބޭފުޅަކާއި އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ލިބޭ އިނާޔަތްތަކުން މަހުރޫމްވާނެކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް