ads
ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
އަބާދީ ކުޑަ ރަށްތަކުން ރަށު ކައުންސިލަށް ހޮވާ ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުއަށް އިސްލާހު ގެންނަން ސަރުކާރުން ހުށައެޅި ބިލް މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

މި ބިލް މަޖިލިހަށް ހުށައަޅާފައިވަނީ ވެރިކަން ކުރާ ޕިއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހްއެވެ.   

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓާ އެކުއެވެ. ބިލާ ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ. 

ފަލާހު ހުށައެޅުއްވި އިސްލާހުގައި ވަނީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އިންތިގާބުކުރުމަށެވެ. އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންކަމަށް ފަލާހު ހުށައެޅުއްވި އިސްލާހުގައި ވެއެވެ. 

މި ބަދަލާއި އެކު ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި އެއް ގޮނޑި އަންހެނުންނަށް ހާއްސަކުރަން ޖެހެއެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި އަންހެނުންނަށް ދެ ގޮނޑި ހާއްސަކުރަންޖެހެ އެވެ. 

މި ބަދަލު ގެނައި ނަމަވެސް މާލެ ސިޓީ ކައުންސިލް އެކުލެވިގެންވާނީ ކައުންސިލްގެ މޭޔަރުގެ އިތުރުން ގާނޫނުގެ ދަށުން އިންތިހާބު ކުރުން ލާޒިމުވާ އަންހެން މެމްބަރުން ހިމެނޭ ގޮތުން ގާނޫނުއަސާސީއާއި ގާނުނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެެމްބަރުންގެ އަދަދާއި އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށްކަމަށް މި އިސްލާހުގައި ވެއެވެ. 

މީގެއިތުރުން ފުވައްމުލަކުގެ ކޮންމެ އަވަށަކީ އިދާރީ ގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވުމާއިއެކު ފުވައްމުލަކު ސިޓީ ކައުންސިލް އިންތިހާބުކުރާނީ ކައުންސިލްގެ މޭޔަރުގެ އިތުރުން އިންތިހާބުކުރަން ލާޒިމުވާ އަންހެން މެމްބަރުން ހިމެނޭ ގޮތަށް ކޮންމެ އަވަށަކަށް ގޮނޑިއެއްގެ ނިސްބަތުން މެމްބަރެއްކަމަށްވެސް ފަލާހު ހުށައެޅުއްވި އިސްލާހުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް