ads
ސުނިލް ޝެޓީ
ދެކުނު އިންޑިއާގެ ފިލްމުތައް ސުނިލްޝެޓީ ނުކުޅޭ ސަބަބު ހާމަކޮށްފި
ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީއަކީ އިންޑިއާގެ ދެކުނު ސަރަހައްދަށް ނިސްބަތްވާ މީހެއް ކަމުގައި ވިޔަސް، އެ ސަރަހައްދުގެ ފިލްމުތަކުން ލިބޭ ގިނަ ފުރުސަތުތައް ދޫކޮށްލާ ކަމަށް އޭނާ ބުނެފިއެވެ.
Advertisement

ދެކުނުގެ ފިލްމުތަކަށް ނޫނެކޭ ބުނަން ޖެހޭ މައިގަނޑު ސަބަބު ހާމަކުރަމުން ސުނިލް ބުނީ އެއީ އެ ފިލްމުތަކުގައި ބޮލީވުޑްގެ އެކްޓަރުންނާ މެދު އަމަލުކުރާ ގޮތުން ކަމަށެވެ.

ސުނިލް ބުނި ގޮތުގައި ދެކުނު އިންޑިއާގެ ފިލްމުތަކުގައި އާންމުކޮށް ކަންތައް ކުރާ ގޮތަކީ، ހިންދީ ފިލްމުތަކުގައި މަސައްކަތްކުރާ ތަރިން ލައްވާ ހަމައެކަނި ނުބައިބައި ރޯލު ކުޅުވުމެވެ. 

"ބޮލީވުޑްގެ ތަރިންނަކީ ވިލަނުންގެ ގޮތުގައި ދައްކަން އުޅޭ އުޅުމަކީ އޭނާ އެހާ ގަޔާވާ ކަމެއް ނޫން،" ކަމަށާއި، އެފަދަ ރޯލުތައް ކުޅެން ބޭނުން ނުވާތީ ގިނަ ފިލްމުތައް ދޫކޮށްލަނީ ކަމަށް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން ސުނިލް ބުނީ އޭނާ ފިލްމެއް ކުޅުމަށް އެއްބަސްވަނީ ބަހަށް ބެލުމަށް ފަހު ނޫން ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދެނީ ފިލްމުގެ ކޮންޓެންޓް ނުވަތަ ވާހަކައަށް ކަމަށެވެ. މަންގަލޯރަށް އުފަންވުމުން އެކަމާ މެދު ފަހުރުވެރިވާ ކަމަށާއި، ނަމަވެސް ފިލްމުތައް ހޮވުމުގައި އަބަދުވެސް ބަލަނީ ރަނގަޅު މޮޅު މަސައްކަތެއް ކުރެވޭތޯ ކަމަށް ސުނިލް ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް