ads
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިއާން ގްރަފަޑް އާއި އޭނާގެ އަނބިމީހާ
ކޯޓު މައްސަލަތަކުގެ ތެރެއިން އިއާން ގްރަފަޑް އަށް އަންހެން ކުއްޖަކު ލިބިއްޖެ
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިއާން ގްރަފަޑް އާއި އޭނާގެ އަނބިމީހާއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.
Advertisement

މިއީ އޭނާގެ ކުރީގެ އަނބިމީހާއާ ދެމެދު ޖެހިފައިވާ ގާނޫނީ މައްސަލަތަކެއް ކޯޓުގައި ކުރިއަށް ދަނިކޮށް އެ އާއިލާއަށް ލިބުނު އުފާވެރި ހަބަރެކެވެ.

މި ކުއްޖާ ލިބުމާ ގުޅިގެން އިއާން އާއި އޭނާގެ އާއިލާއިން އަންނަނީ އެކަމުގެ އުފާ ފާޅުކުރަމުންނެވެ. އަލަށް އުފަންވި ދަރިފުޅަކީ އެ ދެމަފިރިންގެ ހަޔާތަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މި އުފާވެރި މުނާސަބަތު އެ އާއިލާއިން ފާހަގަކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިއާން އަށް ދަރިއަކު ލިބިފައި މިވަނީ އޭނާގެ ކުރީގެ ބައިވެރިޔާއާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކެއް ހައްލު ނުވެ، ކޯޓުގައި މައްސަލަތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް މި އުފާވެރި ވަގުތުގައި އޭނާ ވަނީ ޝަރުއީ މައްސަލަތަކުގެ ހާސްކަން އެއްފަރާތްކޮށް އާ ދަރިފުޅަށް މަރުހަބާ ކިޔާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް