ads
ބަދިގެއެއްގައި އަލިފާން ރޯވެފައި: ފައިލް ފޮޓޯ
މާލޭގަ އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް: މިފަހަރު އަލް-ޒައިދު ކެފޭގައި
މާލޭގެ ހެންވޭރުގައި ހުންނަ ވިލާ ޓީވީ ކައިރީގައި ހިންގާ އަލް-ޒައިދު ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް)ގެ ޓީމުތައް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މިއީ މިއަދު މާލޭގައި ރިޕޯޓުކުރި އަލިފާނުގެ ދެވަނަ ހާދިސާއެވެ.

މިއަދުގެ ފަތިހު، މ. މާމުޓާ ކިޔާ ފަޅު އިމާރާތެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ހާދިސާގެ ރިޕޯޓު ލިބުނީ ފަތިހު 4:11 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު އެފްއާރުއެސްގެ ޓީމުތައް އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭ، 4:46 ހާއިރު އެ އަލިފާންގަނޑު ވަނީ މުޅިން ނިއްވާލާފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މާލޭގައި މިފަދައިން ފަޅުކޮށް ހުންނަ އިމާރާތްތަކަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ އައްޑާތަކަށް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް