ads
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ރިޕޯޓުކުރަން ހުޅުވާލިތާ 41 ގަޑިއިރު ތެރޭ، 29 ބިދޭސީ ވިޔަފާރިއެއްގެ ޝަކުވާ
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް ސަރުކާރުން ހުޅުވާލިތާ ފުރަތަމަ 41 ގަޑިއިރުގެ ތެރޭގައި އެފަދަ 29 ވިޔަފާރިއެއްގެ މައުލޫމާތު އާންމުން ހިއްސާކޮށްފިއެވެ.
Advertisement

މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އާންމުންގެ ފަރާތުން ލިބުނު މި ބޮޑު ތަރުހީބާ އެކު، މި މައްސަލަތައް ބެލުމުގެ އަމަލީ މަސައްކަތް ވަގުތުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، އާންމުންގެ ފަރާތުން ރިޕޯޓުކުރި ވިޔަފާރިތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، މިކަމަށް ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ނޭޝަނަލް ޓާސްކް ފޯސް" ގެ އޮޕަރޭޝަންތައް ފަށާނެ ކަމަށް ވިދާޅުވިއެވެ. ރިޕޯޓުކުރާ ތަންތަން ބަލައި ފާސްކޮށް، ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެންނާއި، ފޮރިން އިންވެސްޓްމަންޓް ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ. 

ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިފަދަ ވިޔަފާރިތަކުގެ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ހާއްސަ ހޮޓްލައިން ނަންބަރު 3333199 އަށް ގުޅައިގެން ހިއްސާކުރެވޭނެއެވެ. މިގޮތުން ލިބޭ މައުލޫމާތުތަކާ ގުޅިގެން ޓާސްކް ފޯހުން އަވަސް ފިޔަވަޅުތައް އަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް