މި ގޮވާލުން އާއިލާއިން އަމާޒުކޮށްފައި ވަނީ، ހާންގެ މަރާ ގުޅޭ ހަބަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ. ހާންގެ ދަރިފުޅު، ކާސިމް ހާން ބުނެފައިވާ ގޮތުގައި، އޭނާގެ ބައްޕައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާއިރު، އާއިލާއާއި ވަކީލުންނާވެސް ބައްދަލުކުރުން ވަނީ މަނާކޮށްފަ އެވެ.
އަދި ޕާކިސްތާނުގެ ޖަލުތަކުގެ ގަވާއިދު ހިލާފަށް، ގިނަ ދުވަސްތަކެއް ވަންދެން ހާން އެކަހެރިކޮށްފައިވާ ކަމަށްވެސް އާއިލާއިން ފާހަގަކުރެ އެވެ. މީގެ ކުރިންވެސް ކަރަންޓާއި ކިޔާނެ އެއްޗެއް ނެތި ތިން ހަފްތާ ވަންދެން ހާން އެކަހެރިކޮށްފައި ހުރިކަން އާއިލާއިން ފާހަގަކުރެ އެވެ.
ނަމަވެސް، މި ތުހުމަތުތަކަށް އައްޑިއާލާ ޖަލުގެ އިދާރާއިން ވަނީ ރައްދު ދީފަ އެވެ. ޖަލުން ނެރުނު ބަޔާނެއްގައި ބުނީ، އިމްރާން ހާން ހުރީ ޖަލުގައި ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ. މީގެ އިތުރުން ޕާކިސްތާނުގެ މިހާރުގެ ޕްރައިމް މިނިސްޓަރު ޝެހެބާޒް ޝަރީފްގެ އެޑްވައިޒަރެއްވެސް ވަނީ ހާން މަރުވި ކަމުގެ އަޑުތައް ދޮގުކޮށް، އޭނާގެ ހާލު ގަވާއިދުން ޑޮކްޓަރުންގެ ޓީމަކުން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.