ads
ޕާސްޕޯޓް
ތ. ގުރައިދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި
ތ. ގުރައިދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.
Advertisement

ތ. ގުރައިދޫގައި ޕާސްޕޯޓްގެ ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ޕާސްޕޯޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުންނެވެ.

ތ.ގުރައިދޫގެ އިތުރުން ވިލުފުއްޓާއި ވޭމަންޑޫގައިވެސް ޕާސްޕޯޓްގެ ހިދުމަތް މިހާރު ލިބެމުން ދާނެ އެވެ. 

އިމިގްރޭޝަނުން މި ހިދުމަތް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. 

އިމިގްރޭޝަންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށް އެ އޮފީހުން ބުންޏެވެ.

އަތޮޅުތެރޭގެ ރަށްރަށުން ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލިބެން ފެށުމަކީ މާލެއަށް ދަތުރުކޮށްގެން ބޮޑު ހަރަދުގައި ޕާސްޕޯޓް ހެދުމަށް ރައްޔިތުން ކުރަމުން އައި ދަތިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މިއީ އަތޮޅުތެރޭގެ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އުންމީދެއް ހަގީގަތަކަށް ވުމެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް