އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސްތަކުގެ ތެރޭގައި ހިމެނެނީ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، އެފްއެސްއެމް، އެމްއެސްއެސްއެެ.
މި ޓެލެތޯނަކީ އަވަށްޓެރި ލަންކާއަށް ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިޔަށް ގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯންގައި މާލެ އަދި ހުޅުމާލޭގެ 15 ސަރަހައްދެއްގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު 4.9 ވުރެ ގިނަ ރުފިޔާ އާއި 41،000 އަށް ވުރެ ގިނަ ޑޮލަރު ވަނީ ލިބިފަ އެވެ.
މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމުގެ ގޮތުން ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ޓެލެތޯން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފަ އެވެ.
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން ޓްރާންސްފާ އަދި ބޭންކް ޗެކް މެދުވެރިކޮށް ޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ އެވެ.