ads
ސިލޯން އާއި އެކު ދިވެހި ޓެލިޓޯންގެ ތެރެއިން
ލަންކާ އަށް އެހީވުމަށް ކުރިޔަށްގެންދާ ޓެލެތޯން އަށް ފަސްމިލިއަން ރުފިޔާ
ލަންކާ އަށް އެހީވުމަށް ދިވެހި މީޑިޔާތަކުން ކުރިޔަށްގެންދާ ޓެލެޓޯން އަށް ފަސްމިލިއަން ރުފިޔާ އަށްވުރެން ބޮޑު އަދަދެއް ލިބިއްޖެ އެވެ.
Advertisement

މި ޓެލެޓޯންއަށް މިއަދުގެ ހެދުނާއި ހަމަޔަށް 5,729,941 ރުފިޔާ ލިބިފައިވާ ކަން ފާހަގަ ކޮށްލެވެ އެވެ. 

އޭގެތެރޭގައި ހިމެނެނީ 5،087،837 ރުފިޔާއާއި 41،641 ޑޮލަރެވެ.

ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމުން އިސްނަގައިގެން ޓެލެތޯން އެއް ފެށީ އިއްޔެ ހެނދުނު 9 ޖެހިއިރުގަ އެވެ. އޭރު މި ޓެލަތޯން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އިއްޔެ ދަންވަރު 1 ޖެހުމާހަމައަށެވެ. ނަމަވެސް މިހާރު މިވަނީ މި ޓެލެތޯން ހުއްޓާ ނުލާ މިއަދު މެންދުރު 2 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފަ އެވެ.

މިޓެލެތޯންގައި ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެފައިވާއިރު، އިތުރު މީޑީއާތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ. 

މި ޓެލެތޯން ފައްޓަވައިދެއްވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދު ވިދާޅުވީ މިއީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތަކީ ލަންކާއާ ދިވެހިންނާ މެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ބިނާކޮށް ދިވެހިން ލަންކާއާއެކު އެއްބައިވަންތަކޮށް ތިބިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ޕީއެސްއެމުން ބުނީ މި ފަންޑަށް ލިބޭ ފައިސާ ބަލަހައްޓައި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް މިނިވަން އޮޑިޓް ފާމަކާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ހާލުގައި ޖެހިފައިވާ ލަންކާއަށް އެހީވުމަށް، 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.

ބޭ އޮފް ބެންގަލްގައި އުފެދުނު މި ތޫފާނުގައި ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 300 މީހުން މަރުވެ، 200އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ. އަދި އެތައް ލައްކަ ބަޔަކަށް ވަނީ ވިއްސާރައިގެ ސަބަބުން އަސަރުކޮށްފަ އެވެ.

ލަންކާއަށް ވިއްސާރަކުރާތާ ހަފްތާއެއް ފަހުން އެރި ތޫނާފާ އެކު ބޮޑެތި ގެއްލުންތަކެއް ވެފައި ވާއިރު ތޫފާނު މިހާރު ވަނީ ލަންކާއާ ދުރަށްޖެހި އިންޑިއާގެ ޓެމިލްނާޑޫއާ ކައިރިވެފަ އެވެ. ތޫފާނުގައި ވައި ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އިންޑިއާގެ އެކި ސަރަހައްދުތަކުން ވެސް ވަނީ ތައްޔާރީ ހާލަތަށް އައިސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް