މާލެ ސިޓީގެ އިމާމުންނާއި ހަތީބުން ތާޒާކުރުމުގެ މި ވޯކްޝޮޕް މުޅިއަކު މާލެ ސިޓީގެ 73 އިމާމުން ބައިވެރިވަޑައިގެންނެވި ކަމަށް އެ އިދާރާއިން ފާހަގަ ކުރެ އެވެ.
މި އަހަރު ވަނީ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގިފަކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި މިއަންނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން މިސްރަށް ފޮނުވަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އިމާމުންނާއި ހަތީބުންނަށް ބޭއްވި ވޯކްސޮޕް ނިންމާލުމުގެ ތެރެއިން
އަދި އަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ވެސް ފުރުސްތު ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ. މިދިޔަ އަހަރުގައި ވެސް ސައުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާ އިން ޖުމުލަ 100 އަށް ވުރެ ގިނަ ފުރުސަތުގައި އިމާމުން ވަނީ ބޭރަށް ފޮނުވިފަކަމަށް އެ އިދާރާއިން ބުނެ އެވެ.