ads
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ގައުމީ ދިފާއީ ބާރުން އެއް މިލިއަން ރުފިޔާ ހަދިޔާކުރަނީ
ޓެލަތޯނަށް އެމްއެންޑީއެފުން 1މިލިއަން ފުލުހުން 2.4 މިލިއަން
ބާރުގަދަ ތޫފާން "ޑިޓްވާ" އާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ލަންކާ ރައްޔިތުންނަށް އެހީވުމަށް ކުރިޔަށް ގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ގައުމީ ސަލާމަތީ ބާރުތަކުން ލަންކާ ރައްޔިތުންނަށް 3.3 ރުފިޔާ ހަދިޔާކޮށްފިއެވެ.
Advertisement

ޕީއެސްއެމުން އިސްނަގައިގެން "ސިލޯނާ އެކު ދިވެހިން"ގެ ނަމުގައި އިއްޔެ ހެނދުނު ފެށި މި ޓެލެތޯން މިއަދު މެންދުރު ދޭއް ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.   

މި ޓެލަތޯންނަށް ގައުމީ ދިފާއީ ބާރުން ވަނީ 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކޮށްްފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ޓެލަތޯނަށް 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. މީ މި ޓެލަތޯނަށް ލިބުނު އެންމެ ބޮޑު ފައިސާގެ އެހީއެވެ. 

މި ޓެލެތޯނަށް މިހާތަނަށް ވަނީ  މިހާތަނަށް 10،7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ލިބިފައެވެ. އަދި 43 ހާހަށް ވުރެ ގިނަ ޑޮލަރުވެސް މިހާތަނަށް ވަނީ ލިބިފައެވެ. 

މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން ޓްރާންސްފާ އަދި ބޭންކް ޗެކް މެދުވެރިކޮށް ޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ އެވެ.

ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް