ads
އެލިއާއިން ލަންކާއަށް އެހީގެ ގޮތުގައި 20،000 ޑޮލަރު ދިނުމުގެ ތެރެއިން
އެލިއާއިން ލަންކާއަށް އެހީގެ ގޮތުގައި 20،000 ޑޮލަރު ދީފި
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ތޫފާނުގެ ސަބަބުން ލިބުން ގެއްލުންތަކުން އަރައިގަތުމުގައި އެހީވުމުގެ ގޮތުން އެލިއާ އިން އެ ގައުމަށް 20،000 ޑޮލަރު ހަދިޔާކޮށްފި އެވެ.
Advertisement

އެ އެހީ އާއި ސްރީލަންކާގެ ފަރާތުން ހަވާލުވެވަޑައިގެންފައިވަނީ ސްރީ ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު މުހަންމަދު ރިޒްވީ ހަސަން އަދި މި އެހީ ހައި ކޮމިޝަނަރާއި ހަވާލުކޮށްދެއްވީ އެލިއާގެ ސީއެފްއޯ ސަމަން ޕުޝްޕަކުމާރާ އެވެ. 

"ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުން އަދި މަސައްކަތް ކުރަމުން އަންނައިރު އެއީ ދިވެހި މުޖުތަމައަށް މުހިންމު އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެއް. އެހެންވެ، އެ ގައުމަށް އެހީއަށް ބޭނުންވެފައިވާ ދަނޑިވަޅުގައި އެހީ ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަކަށް ވާތީ މި އެހީ ދޭން ނިންމީ." އެލިއާއިން ބުނި އެވެ.

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަރުވާ މީހުންގެ އަދަދު އުފުލެމުންދާތީވެ ލަންކާ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ލަންކާގެ އިދާރާތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ މިދިޔަ ހަފްތާއިން ފެށިގެން ލަންކާގެ މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 136 މީހުން މަރުވެ 600 އަށްވުރެ ގިނަ ގެއަށް ގެއްލުންތަކެއް ލިބި، ބައެއް މީހުން ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ގެތަކުގެ އިތުރުން ދަނޑުބިންތަކާއި މަގުތައް ވެސް ދަނީ ހަލާކުވަމުންނެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބައެއް ކޯރުތައް ވެސް ވަނީ ބަންޑުންވެފަ އެވެ. އޭގެ ސަބަބުން މަގުތައް ބްލޮކްވެ މީހުން ސަލާމަތް ކުރުމަށް ވެސް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް