ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
އަތޮޅު ކައުންސިލްތައް އުވާލާ ބިލް ރައީސް ތަސްދީގު ކުރައްވައިފި
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނު އަސާސީއަށް ގެނައި ބަދަލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
Advertisement

އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އެވެ. 

މި ބިލު  މަޖިލީހުން ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. މި ބަދަލު ގެންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓުދެއްވިއެވެ. އެއީ އެއީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ. މި  ބިލަށް މަޖިލީހުގެ ރިޔާސަތުންވެސް ވަނީ ވޯޓްދެއްވާފައެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދު ﷲ ވެސް ވޯޓް ދެއްވީ އަތޮޅު ކައުންސިލްތައް އުވާލަން ފެންނަކަމަށެވެ. 

މި ބިލް މިއަދު ވަނީ ރައީސް މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ. 

އިސްލާހަައެކު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާނެ އެވެ. ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. އަދި ރަށު ކައުންސިލްތަކުން ޖަވާބުދާރީވާނީ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.

މީގެ އިތުރުން، ކައުންސިލްތައް އެކުލެވިގެންވާ ގޮތަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 3 މެންބަރުްނެވެ އަދި 2000 އަށްވުރެ ބޮޑު އަބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބުކުރާނީ 5 މެންބަރުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް