ads
ވިލާ ގްރޫޕުގެ ސީއީއޯ ސިޔާދު ގާސިމް ލަންކާ ހައި ކޮމިޝަނަރާ ރަމްޒީ ޗެކު ހަވާލުކޮށްދެއްވަނީ.
ލަންކާއަށް އެހީވުމަށް ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފި
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ކުންފުނި، ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.
Advertisement

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ ސީއީއޯ އިބްރާހިމް ސިޔާދު ގާސިމް އެވެ. ލަންކާގެ ހައި ކޮމިޝަންގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ ހައި ކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަން އެވެ،

ތަފްސީލް - އަވައްޓެރި ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާ އިން އަރައިގަތުމަށް އެހީތެރިވުމަށް ރާއްޖޭގެ އެކި ވިޔަފާރިވެރިންނާއި ވިޔަފާރިތަކުން އަދި ކުންފުނިތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވިލާ ކުންފުނީގެ ފަރާތުން ސްރީލަންކާއަށް އެހީ ދިންއިރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ގްރޫޕުން ވެސް އެ ފަންޑަށް ދެ ލައްކަ ޑޮލަރު (ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހަދިޔާކުރަން ކުރިން އޮތީ ނިންމައިފަ އެވެ.

މީގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ކުންފުނިން ވެސް 10،001 ޑޮލަރު (154،000ރ.) ހަދިޔާކުރި އެވެ.

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާއަށް އެރި ތޫފާނުގައި ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހިންގެ ފަރާތުން އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްވެ މީޑިއާ ތެލެތޯނެއް ވެސް ކުރިއަށް ގެންދިޔަ އެވެ

އިއްޔެ ހެނދުނު 9 އަކުން މިއަދު މެންދުރުފަހު 2:00 އަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް 11 މިލިއަން ރުފިޔާއާ އެކު 43،631.31 ޑޮލަރު (ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ) ލިބުނެވެ. އަދި އެ ހަރަކާތުގެ ތެރެއިން ވެސް ރާއްޖޭގެ ގިނަ ކުންފުނިތަކާއި ރިސޯޓްތަކުން ފައިސާ ހަދިޔާކުރި އެވެ.

ތޫފާންގެ ސަބަބުން ލަންކާއިން މިހާތަނަށް މަރުވި މީހުންގެ އަދަދު 334 އަށް އުފުލިފައިވާއިރު، 400 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ގެއްލިފަ އެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ކެންޑީ އަދު ބަދުއްލާއިންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނު ކޮށްފައިވާއިރު، އެ ގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ތިބީ ފެންނާއި ކަރަންޓުން މަހުރޫމްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް