ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ފަހުން އޭނާ ފުރަން އުޅެނިކޮށް އަލުން ހައްޔަރު ކުރީ މަތިންދާ ބޯޓަށް އަރައި އިންދާ ކަމަށްވަނީ ރިޕޯޓްތައް ލިބިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ ހައްޔަރު ކުރީ މާލެއިން ލަންކާއަށް މިރޭ ފުރަން އޮތް މަތިންދާބޯޓަކަށް އަރައި އިންދަ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެ އެވެ. އެކަމަކު އަދި އެކަން ކަށަވަރެއް ނުކުރެވެ އެވެ. އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ހުރީ ތޮތްޕެއް އަޅައި އަދި މާސްކެއްވެސް އަޅައިގެންނެވެ.