ރާއްޖޭގެ މީޑިއާތައް ގުޅިގެން މި ލަންކާއަށް އެހީ ވުމަށް ހިންގި ޓެލަތޯނަށް 11.6 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މި ޓެލަތޯނާއި ގުޅިގެން ލަންކާ ރައްޔިތުން ވަނީ ދިވެހިންނަށް އެމީހުންގެ ހިތުގައި އޮތް ޝުކުރާއި ލޯބީގެ ޝުއޫރުތައް ބަންޑުން ޖަހާލާފައެވެ.
ލަންކާ ރައްޔިތަކު ދިވަހިންނަށް ޝުކުރު އަދާކޮށް ކުރި ޕޯސްޓެއް
އެގޮތުން ލަންކާގެ ބައެއް ރައްޔިތުން އަންނަނީ އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހާމަކުރަމުންނެވެ. ދިވެހިން ކުރިޔަށް ގެންދިޔަ ޓެލްތޯންގެ ފޮޓޯތައް ހިއްސާކޮށް ލަންކާ ރައްޔިތަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ ސުވާލެއްކޮށްފައެވެ. އޭނާ ދިވެހިންނަށް އަމާޒުކޮށްކުރި ސުވާލަކަށްވީ ކޮން ކަހަލަ ބައެއްތަތީ؟،" އޭނާގެ އެ ޕޯސްޓުގައި އަސަރާއި އެކު އޭނާ ވަނީ ދިވެހިންނަށް ޝުކުރު އަދާކޮށްފައެވެ.
އެހެން މީހެއްގެ މި ފަދަ ޝުއޫރެކެވެ. އޭނާފެ ދިގު ޕޯސްޓުގައި ވަނީ ދިވެހިން ދެއްކި ނަމުނާއަށް ޝުކުރުއާއި ތައުރީފު އޮއްސާލާފައެވެ.
އޭނާ ލިޔެފައިވެއެވެ. އެންމެ ދިވެއްސެއް އެކަނިވެސް 200،000 ޑޮލަރު ހަދިޔާކޮށްފިއެވެ. އެ މީހުންގެ ސަރުކާރުން 50،000 ޑޮލަރު ދީފިއެވެ. ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތުން، 33،000 ޑޮލަރުު އެއްކޮށްފައި ފޮނުވައިފިއެވެ. ރާއްޖޭގެ ބޭންކެއް 20،000 ޑޮލަރު ދީފިއެވެ. ސަރުކާރުން 25،000 މަސްދަޅު ފޮނުވަން ނިންމައިފިއެވެ. އެއީ 1.2 މިލިއަން މަސްދަޅެވެ.
މިމީހާގެ ޕޯސްޓުގައި އޭނާ ވަނީ ލަންކާގެ ރައްޔިތުންނަށް އިލްތިމާސް އެއްވެސް ކޮށްފައެވެ.
އެހެން މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. ލަންކާއަށް ދިމާވި ހިތާމަވެރި ވަގުތު ބޮޑެތި ގައުމުތަކުން ކުރި މަސައްކަތެއްވުރެ ރާއްޖެއިން ދެއްކި މިސާލު މާ ފުރިހަމަކަށެވެ. އެގޮތުން ފަސްލައްކަ މީހުން އުޅޭ ރާއްޖެއިން ވަނީ އެ ދުވަހުގެ ތެރޭގައި 600،000 ޑޮލަރު އެއްކޮށްފައިކަމަށެވެ. އަދި އެއީ ލަންކާގެ 184 މިލިޔަން ރުޕީސްކަމަަށާއި ލަންކާ ރައްޔިތުންނަށް އެހީވުމަށް ދިވެހިން ދެއްކި އެއްބައިވަންތަ ކަމަކީ ދުލުން ބަޔާން ކުރެވޭނެ ފަދަ ކަމެއް ނޫން ކަމަށް އެމީހާގެ އަސަރު ގަދަ ޕޯސްޓުގައިވެއެވެ.