ads
ސަރުކާރުން ލަންކާއަށް ހަދިޔާކުރި 50،000 ޑޮލަރު އެ ގައުމާ ހަވާލުކުރުމުގެ ތެރެއިން
ސަރުކާރުން ލަންކާއަށް ހަދިޔާކުރި 50،000 ޑޮލަރު އެ ގައުމާ ހަވާލުކޮށްފި
ބާރުގަދަ ތޫފާން "ޑިޓްވާ" އާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ލަންކާ ރައްޔިތުންނަށް އެހީވުމަށް ދިވެހި ސަރުކާރުން ހަދިޔާކުރަން ނިންމި ފައިސާ އެ ގައުމާ ހަވާލުކޮށްފިއެވެ.
Advertisement

ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރާއި 25،000 ކޭސް މަސް ދަޅެވެ. 

ލަންކާގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރު ދިން ފައިސާގެ އެހީ ލަންކާގެ ފަރާތުން ހަވާލުވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ފައިސާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ.

ފައިސާގެ އެހީއާ ހަވާލުވެވަޑައިގަތުމަށް ފަހު، ލަންކާގެ ފޮރިން މިނިސްޓަރު ވިދާޅުވީ މި އެހީން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުންކަށެވެ. އަދި އޭނާ ވަނީ މި ދަތި ވަގުތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ. 

ދިވެހި ސަރުކާރުން ލަންކާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން އިރު ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި މީޑިއާތައް ގުޅިގެން ހިންގި ޓެލަތޯނުން ވަނީ 8 ލައްކައަށްވުރެ ގިނަ ޑޮލަރު ހޯދާފައެވެ. މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފައެވެ. އެގޮތުން ސަން ކުންފުނިން ދެ ލައްކަ ޑޮލަރު ހަދިޔާކުރިއިރު ވިލާއިން ވަނީ އެއްލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް