ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރަން މަހްލޫފްގެ ނަން ސަރުކާރުން މަޖިލިހަށް ފޮނުވާފައިވަނީ އޭނާ ވެރިކަން ކުރާ ޕީއެންސީއާ ގުޅުމުން އޭގެ ހަފްތާއެއްހާ ދުވަސްފަހުންނެވެ.
މަހްލޫފްގެ ނަން ދިރާސާކުރުމަށްފަހު މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ބުނީ މަހްލޫފަކީ ޖަޕާން ސަފީރަށް އެންމެ އެކަށީގެންވާ ބޭފުޅާކަން ކޮމެޓީއަށް ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން ކޮމެޓީން ވަނީ އޭނާ ސަފީރުކަމަށް އައްޔަންކުރަން ފެންނަކަމަށް ނިންމާފައެވެ.
ކޮމެޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ އެެއިރެއްގެ ވެރިކަމާއި އާރާ ބާރު އޮންނަ ފަރާތްތަކަށް ބޯވަ ދިލަމަހެެއް ހެން ދުވާ ބޭފުޅުން ގެނެސް ގައުމު ތަމްސީލުކުރަން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ މަލަ މައްޗަށް ރާއްޖެ ތަމްސީލުކުރަން ބޭތިއްބުމަކީ އެއްގޮތަކަށްވެސް ސިކުނޑި ގަބޫލުކުރާކަމެއް ނޫންކަމަށެވެ.
އައްބާސް ވިދާޅުވީ އޭނާ ވޯޓް ދެއްވާނީ ޖަޕާން ސަފީރުކަމަށް މަހްލޫފް އައްޔަންކުރަން ނުފެންނަކަމަށެވެ.
އައްބާސް
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި, އަޙްމަދު މަހުލޫފް، ހަތަރު ވަނަ ޕާޓީއަކަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅުނީ މިދިޔަ މަހުގެ 14 ވަނަދުވަހުއެވެ.