ads
ތިން ދަތް ނެގި އަންހެނަކު މަރުވި މައްސަލައެއް ބަލަނީ
ތިން ދަތެއް ނެގި އަންހެނަކު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ކުއްލިއަކަށް މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
Advertisement

މަރުވެފައިވަނީ ސ. ހިތަދޫ، ހަދީޖާ ސަލީމް، 60، އެވެ. އޭނާ މަރުވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު، ހުޅުމާލޭގައި ހުންނަ އޯރާ ކެއާ ޑެންޓަލް ކްލިނިކުން، ތިން ދަތް ނެގިތާ ގިނަ އިރުތަކެއް ނުވަނީސްކަން ވަނީ އެނގިފައެވެ. 

އެ އާއިލާއިން ވަނީ މި މައްސަލަ ހެލްތު މިނިސްޓްރީ އަށް ހުށަހަޅާފައެވެ. އެ މިނިސްޓްރީން ވަނީ މައްސަލަ ބަލަމުން އަންނަކަން ޔަގީން ކޮށްދީފައެވެ. އެހެންނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ، އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. 

އަންހެން މީހާގެ އާއިލާއިން ބުނީ އޭނާގެ ހާލު ގޯސްވީ ދަތް ނެގިތާ ވިއްސަކަށް މިނެޓްވެސް ނުވަނީސްކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވަނީސް މަރުވެފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް