އަލްވަދާއު އަކީ ޑާކްރެއިން އެންޓާޓައިންމަންޓްގެ ލޯބީގެ ފިލްމުތައް ފަދައިން ހަމަ އެހާވެސް އަސަރުގަދަ އަދި ލޯބި ފިލްމެއް ކަމަށް އެ ބަލަން ދިޔަ ގިނަ މީހުން އެއްބަސްވާނެ އެވެ.
އަލްވަދާއު މުޅިން ހައިރާންކޮށްލީ ވަރަށް ތަފާތު ގޮތަކުންނެވެ.
ފިލްމު ފެށުން ހިސާބުން ފެށިގެން ތާޒާ، ޖަޒުބާތީ، އަދި ރީތިކޮށް ތައްޔާރުކޮށްފައިވާ ކަމުގެ އިހުސާސް ކުރެވުނެވެ.
އެންމެ ފާހަގަވި ކަމަކީ ފިލްމުން މާހައުލާއި ސަސްޕެންސް އަދި ކެރެކްޓަރ ޑްރައިވަން ސްޓޯރީ ޓެލިން ބެލެންސް ކުރި ގޮތެވެ. މިއީ ގިނަ ލޯކަލް ފިލްމުތަކުން ދަމައިގަންނަން އުނދަގޫ ނަމަވެސް އަލްވާދާއު ފަސޭހަކަމާއެކު ގެނެސްދޭ ކަމެކެވެ.
ސިނަމެޓޮގްރަފީ އަކީ ފިލްމުގެ އެންމެ ފުރިހަމަ އެެއް ކަމޭ ބުނިޔަސް ދޮގަކަށް ނުވާނެ އެވެ. ކޮންމެ ޝޮޓަކުން ވެސް ސެޓިންގެ ރީތިކަމާއި ޓެންޝަން ވެސް ދައްކުވައިދެ އެވެ.
ކުލަ ޕެލެޓާއި ލައިޓިން ޗޮއިސްތަކުން އުފައްދާ މޫޑެއް ދަމައިގަނެ، މުޅިން އެންގޭޖްކޮށް ބެހެއްޓޭނެ އެވެ. މިއީ ވިޝުއަލް ގޮތުން ފަހަކަށް އައިސް ބެލި ދިވެހި ފިލްމުތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ މޮޅު އެއް ފިލްމެވެ.
އެ ފިލްމު ފެނިގެން ދިޔަ ޕާފޯމަންސްތަކަކީ ވަރަށް ވެސް ތަފާތު ޕާފޯމަންސް ތަކެކެވެ. ހާއްސަކޮށް ޖަޒުބާތީ މަންޒަރުތަކުގައި ކާސްޓުންނަށް ގުދުރަތީ އަދި ގަބޫލުކުރެވޭ ފަދަ އިހުސާސެއް ކުރެވުނެވެ.
ކެރެކްޓަރުންގެ މެދުގައި އޮތް ކެމިސްޓްރީ ރަނގަޅަށް މަސައްކަތް ކުރިއިރު، ހަމަހިމޭން ވަގުތުތަކުގައި ވެސް އަސަރެއް ކުރި އެވެ. އެކްޓަރުން ތިބީ އެމީހުންގެ ރޯލުތަކަށް ފުރިހަމައަށް ކޮމިޓްވެފަ އެވެ.
މި ފިލްމުގެ ވާހަކައަކީ މޮޅު އަދި ހިތްދަމައިގަންނަ ކަހަލަ ވާހަކައެކެވެ. މި ފިލްމުގެ މިސްޓްރީއާއި ބިލްޑްއަޕްގެ ސަބަބުން ކޮންމެ ބެލުންތެރިއަކުވެސް ހުންނާނީ ދެންވާނެ ގޮތެއް ބަލާލުމަށް ކެތްމަދުވެފައި އެވެ. މި ފިލްމުގެ ޕްލޮޓް އަކީ މާ ބޮޑަށް ދަމާލެވިފައިވާ އަދި ބެލުންތެރިން ފޫހި ކުރުވާނެ ފަދަ ޕްލޮޓެއް ނޫނެވެ. މި ފިލްމުގެ ޓްވިސްޓްތަކަށް ބަލާ އިރު ވަރަށް ހީނުކުރާ ތަފާތު ޓްވިސްޓްތަކެއް ފެނިގެންދާ ކަން ފާހަގަ ކޮށްލެވެ އެވެ.
ޖުމްލަކޮށް ބަލާއިރު އަލްވަދާއު އަކީ ފެށުނީއްސުރެ ނިމުމާއި ހަމައަށް އަސްލުވެސް ކަމުދިޔަ ފިލްމެކެވެ. އެއީ އިމޯޝަނަލް، ވިޝުއަލް ސްޓްރައިކިން، އަދި އަބަދުވެސް ހަނދާން ހުންނާނެ ފަދަ މޮޅު ފިލްމެކެވެ.