ރިޕޯޓުތައް ބުނާގޮތުން 500 މިލިއަން ޑޮލަރުގެ ސްކޭމަކާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި، މި ދެމަފިރިންގެ ހަށިގަނޑު ފެނިފައިވަނީ ޕްލާސްޓިކް ކޮތަޅުތަކަކަށް ލައި ބަންދުކޮށްފައި އޮއްވައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ފައިސާއާ ގުޅުންހުރި ބޮޑު ޖަރީމާއެއް ކަމަށް ބެލެވެއެވެ.
ތަހުގީގު ޓީމުތަކުން ގަބޫލުކުރާ ގޮތުގައި މި މީހުން މަރާލާފައިވަނީ ޑިޖިޓަލް ވޮލެޓްތަކެއްގެ ޕާސްވޯޑް ހޯދުމަށް ބިރުދެއްކުމުގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައެވެ. އަދި މިއީ ކްރިޕްޓޯ އިންވެސްޓްމަންޓްތަކަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ނަތީޖާ ކަމަށް ވެސް ބެލެވެއެވެ.
މި ދެމަފިރިން ގެއްލިފައިވަނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން އެންމެ ފަހުން ފެނިފައިވަނީ ހައްޓާ ސަރަހައްދުގެ ކުޅިއެއް ކައިރިންނެވެ. އެމީހުން އެ ހިސާބަށް ދިޔައީ ޑްރައިވަރެއްގެ އެހީތެރިކަމާއެކުއެވެ.
ސަހަރާގެ އެކަހެރި ހިސާބަކުން އެ މީހުންގެ ހަށިގަނޑު ފެނިފައިވަނީ ގެއްލުނުތާ މަހެއްހާ ދުވަސް ފަހުންނެވެ.