ads
އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު ފެށުމާއި ބެހޭ ގޮތުން މަޝްވަރާކުރުމުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު މިމަހު ފަހެއް އަދި ހައެއް ގައި
އިސްލާމިކް މިނިސްޓްރީން މީޑީއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މަރުކަޒު މި މަހުގެ 5 އަދި 6 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

އެ މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މީޑިއާ މައުރަޒަކީ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިއްމު މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެވޭނެ ފެއާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. 

އަދި އެ މިނިސްޓްރީގެ ވަކި ވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދެ އެވެ.

މި މައުރަޒުގައި ވަކި ވަކި ސެކްޝަންތަކުގެ ވެރިންނާއި ބައްދަލުކޮށް ސެކްޝަންތަކާއި ގުޅޭ މަސައްކަތްތަކާއި ބެހޭ ސުވާލުތައްކުރުމާއި މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރެ އެވެ. 

2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާއްމުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް