ads
ހޯދަން އިއުލާނު ކުރި މީހާ
މަސްތުވާތަކެތީގެ މައްސަލަގައި މީހަކު ހޯދަން އިއުލާނުކޮށްފި
މަސްތުވާތަކެތީގެ މައްސަލަގައި މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.
Advertisement

ފުލުހުން މައުލޫމާތު ދިން ގޮތުގައި ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެެވެެ. 

އެހެން ކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

ފުލުހުން ބުނީ ފުލުހުން ހޯދަމުން ދަނީ ފ.ބިލެއްދޫ ނޫބަހާރުގޭ 27 އަހަރުގެ ރައްޔާން މަންސޫރު ކަމުގަ އެވެ. 

ފުލުހުން ބުނި ގޮތުގައި އޭނާ  2025 ޑިސެމްބަރ 11 ވަނަ ދުވަހުގެ 14:00އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވުމަށް އަންގާކަމުގަ އެވެ. 

އޭނާ ހާޒިރުވާން ޖެހެނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް