ads
ދިވެހިން ހަދިޔާގެ ގޮތުގައި ދިން މަސްދަޅު ކޭސްތައް ލަންކާ ސަރުކާރާ ހަވާލުކުރުމުގެ ތެރެއިން
ދިވެހިންގެ ދިން ހަދިޔާ، މަސްދަޅު ކޭސްތައް ލަންކާ ސަރުކާރާ ހަވާލުކޮށްފި
ބާރުގަދަ ތޫފާން "ޑިޓްވާ" އާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ލަންކާ ރައްޔިތުންނަށް އެހީވުމަށް ދިވެހި ސަރުކާރުން ހަދިޔާކުރި މަސްދަޅު ކޭސްތައް ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ.
Advertisement

ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމީ 50،000 ޑޮލަރާއި 25،000 ކޭސް މަސް ދަޅެވެ.  

ރާއްޖެއިން ހަދިޔާކުރި މަސްދަޅު ކޭސްތައް ހިފައިގެން ލަންކާއަށް ދަތުރުކުރީ އެސްޓީއޯގެ ބޯޓު އެމްއެސްއެސް ގަލޭނާއެވެ. 

ރާއްޖެއިން ހަދިޔާކުރި މަސްދަޅު ކޭސްތައް ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ. ލަންކާގެ ފަރާތުން މި ހަދިޔާ އާ ހަވާލުވެޑައިގަތީ އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ ޑިރެކްޓަރު އޮޕަރޭޝަންސް ބްރިގޭޑިއާ ރޯޝަން ދަރުމަވިކްރެމާ އާއި ހުޅަނގު ނޭވަލް އޭރިއާގެ ޑެޕިއުޓީ އޭރިއާ ކޮމާންޑަރު ކޮމޮޑޯ އަރޫނާ ވިޖެވަރްދާން އާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޑަޔާނާ ޕެރެރާ އެވެ. 

ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ހަދިޔާކުރަން ނިންމި 50،000 ޑޮލަރު އެ ގައުމާ ވަނީ މިމަހުގެ 2 ވަނަދުވަހު ހަވާލުކޮށްފައެވެ.  

your imageދިވެހިން ހަދިޔާގެ ގޮތުގައި ދިން މަސްދަޅު ކޭސްތައް ލަންކާ ސަރުކާރާ ހަވާލުކުރުމުގެ ތެރެއިން

ސްރީ ލަންކާއަށް އެހީވުމަށް ދިވެހިން އެއްކުރި ޖުމްލަ ފައިސާގެ އަދަދު 2.4 މިލއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފައެވެ. 

ދިވެހި ސަރުކާރުން ލަންކާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން އިރު ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި މީޑިއާތައް ގުޅިގެން ހިންގި ޓެލަތޯނުން ވަނީ 8 ލައްކައަށްވުރެ ގިނަ ޑޮލަރު ހޯދާފައެވެ. މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފައެވެ. އެގޮތުން ސަން ކުންފުނިން ދެ ލައްކަ ޑޮލަރު ހަދިޔާކުރިއިރު ވިލާއިން ވަނީ އެއްލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް