ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ހުއްޓުވަން އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ފަހުކޮޅު އޮޕަރޭޝަނެއް ފަށާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ރިޕޯޓްކުރަން ކުރި އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިފައިވާކަމަށެވެ. އެ ރިޕޯޓްތަކާއި ގުޅިގެން
20 ކެފޭއަކާއި 12 ރީޓެއިލް އައުޓްލެޓަކާއި ދެ ގަރާޖަކާއި ގެސްޓްހައުސްއެއް ފާސްކުރި ކަމަށް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރެއިން 11 ތަނެއް މިހާރު ބަންދު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ލިބެމުންދާތީ އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަދަ ފަރާތްތައް ރިޕޯޓުކުރުމަށް މިދިޔަަހު 27ގައި ވަނީ އެދިފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާ ނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް އިން މައްސަލަ ހުށަހެޅޭނެ އެވެ.