ads
މީރާ އޮފީސް
މެލޭޝިއާގެ ކުންފުންޏަކުން މީރާއަށް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި
މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ނައިނޯ ސިންޑިރިއަން ބާރހެޑުން ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ ނުދެއްކުމުގެ ސަބަބުން، 2.5 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފިއެވެ.
Advertisement

މި ހުކުމް ކޮށްފައިވަނީ އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ފައިސާ ގަވާއިދުން ދައްކާފައިނުވާތީ، އެ ފައިސާ ހޯދުމަށް މީރާއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގައި މީރާއިން ފުރަތަމަ ދައުވާ ކޮށްފައިވަނީ ޓެކްސް ފައިސާއާއި، ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއާއެކު ޖުމްލަ 8.2 މިލިއަން ރުފިޔާ ހޯދުމަށެވެ. މީގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި 5.7 މިލިއަން ރުފިޔާ ހިމެނެއެވެ. ނަމަވެސް، ޝަރީއަތުގެ މަރުހަލާގައި މީރާއިން ވަނީ ޖޫރިމަނާގެ ގޮތުގައި ހޯދަން އެދުނު ބައި އަނބުރާ ގެންގޮސް، ހަމައެކަނި އަސްލު ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ހޯދުމަށް އެދިފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ކަނޑައަޅާފައިވަނީ، ނައިނޯ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ 2،496،523 ރުފިޔާ ހުކުމް ކުރި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށެވެ. މި މައްސަލައަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ހޯދުމަށް މީރާއިން ދަނީ މިފަދަ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް