ads
ޝަހީބް އިބްރާހިމް
ކަނޑުމަތިން އަތުލައިގަތް 130 ކިލޯގެ ޑްރަގު މައްސަލަ: ޝަހީބުގެ ހުކުމް ހައިކޯޓަށް
ކަނޑުމަތީގައި ދުއްވި ދޯންޏަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ގއ. ވިލިނގިލީ، ޝަހީބު އިބްރާހީމް، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
Advertisement

 މީގެ ހަތަރު އަހަރު ކުރިން، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިނގި މި ހާދިސާގައި އަތުލައިގަތް 130 ކިލޯގެ ޑްރަގު މައްސަލައިގައި ޝަހީބުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ. އޭނާގެ ފަރާތުން މި މައްސަލަ މިހާރު ހައިކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުގެ ރަޖިސްޓްރާ އަދި މިކަމާމެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލައިގައި ދެން ހިމެނޭ ހއ. ހޯރަފުށީ އަހުމަދު މޫސާ އާއި ގއ. ވިލިނގިލީ އަސީލް މާހިރު އަދި ޅ. ހިންނަވަރު އަނަސް ހުސައިންގެ އިތުރުން ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އިގުބާލުގެ މައްޗަށް ވެސް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ. މިއެންމެންގެ މައްޗަށް ހުކުމް ސާބިތުވި ނަމަވެސް، މި މައްސަލައިގައި ދައުވާ ލިބުނު 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި މައްސަލައަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގު އެތެރެކުރަން އުޅެނިކޮށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް ތަކެއްޗެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ހިނގަމުން ދިޔައިރު، ޝަހީބު ކޯޓަށް ހާޒިރުނުވެ ފިލައިގެން އުޅުނު މައްސަލައެއް ވެސް ކުރިން ފެންމަތިވިއެވެ. އޭނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދި އިއުލާނުކޮށްފައި ވަނިކޮށް، ފަހުން އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކުރިއެވެ. އެ ދުވަސްވަރު ޝަހީބު ފިލުވުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ވެސް ފުލުހުން ހައްޔަރުކުރިއެވެ. މިހާރު ޝަހީބުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް