ads
ޕޮލިސް މައި އޮފީސް
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރެޓް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި
ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައިގައި ސީނިއާ ސާޖަންޓް ރޭންކުގެ ފުލުހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތަކެއް މަދުވެފައިވާ ދެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މީހާ ހައްޔަރުކުރީ އޭގެ ތެރެއިން ކޮން މައްސަލައެއްގެ ތުހުމަތުގައި ކަމެއް ފުލުހުން ނުބުނެ އެވެ.

"ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް، ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ)، މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއް. މައްސަލައާ ގުޅިގެން މި މުވައްޒަފު ވަނީ ސަސްޕެންޑް ކުރެވިފައި،" މިރޭ ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ 25 ކާޓަންގެ ސިނގިރޭޓަކީ ދެ ބިދޭސީއެއްގެ އަތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް