ads
ދިރާގުން ބާބާ ގާޑިޔާގެ ޝަވަރުމާ 1ރ. އަށް ލިބޭނީ ހުކުރު ދުވަހު - ފޮޓޯ: ދިރާގު
ބާބާ ގާޑިޔާގެ ޝަވަރުމާ އެއް، ދިރާގު ޕޭ އިން 1ރ. އަށް!
ދިރާގު ފިންޓެކުން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ 1ރ.އަށް ޝަވަރުމާއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
Advertisement

މި ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފާ ލިބޭނީ ރާއްޖޭގެ މަޝްހޫރު ބާބާ ގާޑިޔާއިންނެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ސޯޝަލް ސެންޓަރުގެ ބޭރު ސަރަހައްދުގަ އެވެ. އެ ވަގުތުތަކުގައި ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް ޝަވަރުމާ ލިބޭނެ އެވެ.

ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް، އަދި ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

ދިރާގުން ވަނީ ދާދި ފަހުން ވެސް މި ފަދަ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭގެ ކަސްޓަމަރުންނަށް ވަނީ 1 ރުފިޔާއަށް ކޮފީ ލިބިގެންދިޔަ އެވެ. 1 ރުފިޔާއަށް ކޮފީ ލިބުނު މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި ކަމަށް ދިރާގުން ބުންޏެވެ.

މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފަރތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.

ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކްގެ މި ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން، ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;