
އިއްޔެ ހެނދުނުގެ ވަގުތުގައި ސަނީ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ އިން ފެނިގެންދަނީ ބަދިގޭގައި އުޅެމުން އޭނާގެ އިނގިލި ބުރިވި ކަމަށް ބުނެ ފިރިމީހާ ތަޅުވާލާ މަންޒަރެވެ. ބިރުން ހަލާކުވެފައި ހުރި އޭނާގެ ފިރިމީހާ ތުވާއްޔެއް ހިފައިގެން އައިސް ސަނީގެ އަތުން ލޭމަނާކުރަން މަސައްކަތް ކުރާ މަންޒަރު ވެސް ފެނިގެންދެ އެވެ.
ފަހުން އެއީ މަޖަލަކަށް ކުރި ކަމެއްކަން އެނގުމުން ވެސް ޑެނިއެލް އޭނާގެ އަނބިމީހާ ސަނީ ދެކެ ރުޅިއެއް ނާދެ އެވެ. އެކަމަކު ޑެނިއެލް ބުނީ އޭނާއަކީ އަސްލު ދިރިއުޅުމުގައި ވަރަށް ސީރިއަސް މީހެއް ކަމަށާއި އެގޮތަށް މީހުން ސަމާސާއަކަށް ކަންކަން ކުރުމަކީ ވެސް އެހާ ކަމުދާ ކަމެއް ނޫން ކަމަށެވެ.
ސަނީ ލިއޯން އާއި ޑެނިއަލް ވީބާ ކައިވެނީގެ ގޮތުން ގުޅިފައި ވަނީ 2011 ވަނަ އަހަރު އެވެ. މީގެ ތިން އަހަރު ކުރިން މި ދެމަފިރިން ވަނީ އަންހެން ކުއްޖަކު އެޑޮޕްޓްކޮސްފަ އެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި ސަރޮގެސީ މެދުވެރިކޮށް އެމީހުން ވަނީ ދެ ފިރިހެން ކުދިން ވެސް ހޯދާފަ އެވެ.