މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުލުހުން ވަނީ ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖު ހުށަހަޅައިފަ އެވެ. އެ މީހާއަކީ ކުށުގެ ގިނަ ރެކޯޑުތަކެއް އޮންނަ މީހެއްކަން ފާހަގަކޮށް، އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ ކޯޓުން އަމުރުކުރީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ކުރިއަށް ގެންދާއިރު، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުންނަ ނާސިން ސްޓޭޝަން ފަދަ މުހިންމު ސަރަހައްދުތަކުން ވައްކަން ކުރުމުގެ މައްސަލަތައް ސީރިއަސްކޮށް ބަލަމުންދާކަން ފާހަގަކުރެވެ އެވެ. ބަންދުގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ޖެހުމަށް އަލުން ކޯޓަށް ހާޒިރުކުރާނެ އެވެ.