ads
ހައްޖު އުމްރާ ކޮންފަރެންސްގައި ޑރ ޝަހީމް
ކޯޓާ އިތުރުކޮށްދޭނަމަ ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް: ޝަހީމް
ސައުދީ އަރަބިއްޔާއިން އެހެން ގައުމަކަށް ހައްޖު ކޯޓާ އިތުރުކޮށްދޭނަމަ ރާއްޖެއަށް ވެސް އެ ފުރުސަތު ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ހައްޖާއި އުމްރާގެ ދެވަނަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހައްޖުގެ ވާހަކަ ދެކެވޭއިރު ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓެނީ ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދަށް ކަމަށެވެ. އެހެންނަމަވެސް، މައްކާގެ ހަރަމްފުޅު ސަރަހައްދުގައި މިހާރު ކުރިއަށްދާ އުމްރާނީ މަސައްކަތްތަކާ ގުޅިގެން ކޯޓާ އިތުރުކުރުމަށް ސައުދީ ސަރުކާރުން އަދި ނިންމާފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ މަސައްކަތްތައް ނިމުމުން އެއްވެސް ގައުމަކަށް ކޯޓާ އިތުރުކޮށްދީފި ނަމަ، ރާއްޖެއަށް ވެސް އިތުރު ކޯޓާ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، އަމިއްލަ ބައެއް ކުންފުނިތަކުން އުމްރާއަށް މީހުން ގެންދިއުމުގައި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުކޮށް ހުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާ މެދު މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން އުމްރާވެރިންނަށް ބޮޑެތި ތަކުލީފުތައް ލިބޭއިރު، އެންމެ ފަހު ވަގުތު އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ހައްޖު ކޯޕަރޭޝަނުން ބޮޑެތި ހަރަދުތައް ކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ހައްޖާއި އުމްރާގެ ހިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށްދޭ ކުންފުނިތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް