ads
ދުވާފަރުގައި އާރުޓީއެލްގެ ހިދުމަތްފެށުން
ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ރައީސް މުއިއްޒު ފައްޓަވައިދެއްވައިފި
ރ. ދުވާފަރުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިދެއްވައިފި އެވެ.
Advertisement

މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އެ ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ގާތްގަނޑަކަށް 4,000 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރުގައި މި ހިދުމަތް ފެށުމާ ގުޅިގެން، ރަށު ތެރޭގެ ދަތުރުފަތުރުގެ ކަންކަމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި މިކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ފަސޭހަކަމާ އެކު، ލުއިގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވެސް ސަރުކާރުން ފާހަގަކުރި އެވެ.

އާރުޓީއެލް ބަހުގެ ހިދުމަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އާބާދީ ބޮޑެތި ރަށްރަށުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެކެވެ. ދުވާފަރުގައި މި ހިދުމަތް ފެށުމުން، އެ ރަށު ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން ޒަމާނީ ފަސޭހަތައް ލިބިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް