މި މުބާރާތް ބާއްވާފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިއަދު ރ . ދުވާފަރުގައި ބޭއްވި ހަރަކާތްތަކުގެ ތެެރޭގައެވެ.
ވަޒީރުންނާއި އެމްޑީންގެ މަސްކެނޑު ރައީސްގެ ދެ ކަނބަލުން ބައްލަވާލައްވަނީ
ރ. ދުވާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތުގެ ހާއްސަ ބައެއްގެ ގޮތުގައި ގެންދިޔަ ބައިގައި ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ އެމްޑީން ވަނީ މަސްކަނޑާފައެވެ. އެގޮތުން މި ބައިގައި ބައިވެރިވި ވާޒީރުންނަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި، ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުއެވެ.
މަސްކެނޑުމުގެ މުބާރާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބުރާހިމް ޝަރީފް
ކުންފުނިތަކުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބުރާހިމް ޝަރީފާއި އެމްޓީސީސީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ ބައިވެރިވިއެވެ.
މަސްކެނޑުުމުގެ މުބާރާތުގައި އެމްޓީސީސީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އޭގެތެރޭގައި މަސް ކެނޑުމުގެ މުބާރާތަކާއި، މަސް ބޭނުމާއި، މަސް ކެއްކުމުގެ މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.