ދުވާފަރަށް ރައީސް މުއިއްޒު ވަޑައިގަތުމުން މިއަދުވަނީ އެމްޓީސީސީން އެކަނިވެސް އެރަށުގައި ތަރައްގީގެ ހަ މަޝްރޫއެއް އިފްތިތާހުކޮށްފައެވެ.
ދުވާފަރުގައި މިއަދު އިފްތިތާހުކުރި މަޝްރޫއުތައް
މި ހުރިހާ މަސައްކަތެއްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. މި ހުރިހާ މަޝްރޫއެއްގެ އަގު އެއްކޮށް 666.7 މިލިއަން ރުފިޔާ އަރައެވެ.
ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން
ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 312.66 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 810 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން
ދެން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއެވެ. މި ސައްކަތުގެ އަގަކީ 172.93 މިލިއަން ރުފިޔާއެވެ. މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަން ޖެހެެއެވެ.
ރ. ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން
ރ. ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 1.76 މިލިއަން ރުފިޔާއަށެވެ. އަދި މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މީގެއިތުރުން ރ. ދުވާފަރު އައުޓްޑޯ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމަން ޖެހޭ ގޮތަށެވެ.
ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފެށުމުގެ ތެރެއިން
ރ. ދުވާފަރު ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުވެސް މިއަދު ވަނީ ބާއްވާފައެވެ. މިއީ 36.03 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ހުޅުވި ފުރަތަމަ ޝެޑް ހުޅުވުމުގެ ތެރެއިން
މީގެއިތުރުން ދުވާފަރުގައި މިއަދު ވަނީ އާރުޓީއެލް ބަހުގެ ހިދުމަތްވެސް ފަށާފައެވެ. އަދި މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، އެސްޓިއޯގެ އަގުގައި ލިބޭނެ ފުރަތަމަ ފިއުލް ސްކިޑްވެސް ވަނީ ދުވާފަރުގައި ހުޅުވާފައެވެ.