މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދުވާފަރުގައި މިހާރު ކުރިޔަށްދާ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.
ރ. ކަނދޮޅުދޫގައި މަސްކިރުވާ ބަނދަރަކާއި ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން ފާނަ ޕްރޮސެސްކުރުމަށް ހާއްސަ ފެސިލިޓީއެއް ތަރައްގީކުރުމަށް ހަވާލުކޮށް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމުގެ އެއްބެސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އިބްރާހިމްއެވެ.
ކަނދޮޅުދޫއަކީ ދުވާފަރު ރައްޔިތުން މީގެ ކުރިން އުޅުނު ރަށެވެ. އެރަށުން އެމީހުން ދުވާފަރަށް ބަދަލުކުރީ 2004 ގައި އެރި ސުނާމީއަށް ފަހު ކަނދޮޅުދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބި މީހުން ފައިބަން ޖެހުމުންނެވެ.