ads
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ
ފޭސް ތިނަކުން 31 ހެކްޓަރު ބިން ހިއްކާ ނިންމައިފި
ހުޅުމާލެ ފޭސް ތިނަކުން 31 ހެކްޓަރު ބިން ހިއްކާ ނިންމައިފިއެވެ.
Advertisement

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި، މިދިޔަ މަހުގެ 25 ގައި އިތުރު ޑްރެޖަރެއް ގެނެސް، މަސައްކަތް ފެށީ މިދިޔަ މަހުގެ 28 ގައެވެ. 

your imageހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ

ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު 2 ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމަާއިއެކު ކުރިއަށްދާކަމަށް އެމްއޭސީއެލުން ބުނެއެވެ.  އެގޮތުން މި މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 31 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން މިހާރު ހިއްކާ ނިމިފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. މީ މި މަސައްކަތުގެ 49.2 އިންސައްތައެވެ. 

your imageހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ

ޑްރެޖަރުތައް ގެނައި އެމްއޭސީއެލްއިން ބުނީ 21،000 ސީބީއެމްގެ ކެޕޭސިޓީ ހުރި މި ޑްރެޖަރުތަކުގެ ތެރެއިން ކޮންމެ ޑްރެޖަރަކުން ދުވާލަކު ތިން ބުރު ޖަހާނެކަމަށެވެ. އެއާއެކު، ދެ ޑްރެޖަރުން ދުވާލެއްގެ މައްޗަށް ޖުމްލަ 126،000 ސީބީއެމްގެ ވެލި އަޅާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 

އަންނަ ފެބްރުއަރީ މަހުގެ މެދެއްހާ ތަނަށް ހުޅުމާލެ ފޭސް 3 ހިއްކާ ނިންމާލެވޭނެ ކަމަށް އުއްމީދު ކުރެވޭކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް