ads
ނިޔާވި ސްޓެލްކޯ މުވައްޒަފު އަހްމަދު އަޒްމީލް
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ
ކަރަންޓުގައި ޖެހި ފިހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ސްޓެލްކޯ މުވައްޒަފުގެ ހަށިގަނޑު ވަޅުލަން ރާއްޖެ ގެންނަން ނިންމައިފިއެވެ.
Advertisement

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއްގައި، ފިހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވީ  އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލްއެވެ. އޭނާ ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ. 

ސްޓެލްކޯއިން ބުނީ އާއިލާގެ އެދުމުގެ މަތިން، އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމެއް އެ ކުންފުނިން ހަމަޖައްސައި ދެމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެއެވެ. 

އަޒްމީލުގެ ހަށިގަނޑު ބޮޑު ބައެއް ފިހި އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް